މުނިފޫހިފިލުވުން

ރޮކްގެ "ރެޑް ނޯޓިސް" ނެޓްފްލިކްސަށް


އެކްޝަން މޫވީ "ރެޑް ނޯޓިސް" ނެޓްފްލިކްސްއިން އަންނަ ނޮވެމްބަރުމަހު ރިލީޒްކުރަން ނިންމައިފިއެވެ.
ރޮކްގެ ނަމުން މަޝްހޫރު ހޮލީވުޑް އެކްޓަރ ޑުވޭން ޖޯންސަންގެ އައު ފިލްމު "ރެޑް ނޯޓިސް" އަކީ ރޮކްގެ ފުރަތަމަ ޑިޖިޓަލް ޕްރިމިއަރއެވެ.

ނެޓްފްލިކްސުން މި ފިލްމު ދައްކަން ފަށާނީ އަންނަ ނޮވެމްބަރުމަހު 12 ގައި ކަމަށް ރޮކް ވަނީ އިޢުލާންކޮށްފައެވެ. އަދި މިއީ މިހާތަނަށް ނެޓްފްލިކްސުން ގެނެސްދޭ އެންމެ ބޮޑު ފިލްމު ކަމަށްވެސް ރޮކް ބުނެއެވެ. މީގެއިތުރުން ނެޓްފްލިކްސް ބޭނުންކުރާ 205 މިލިއަނަށްވުރެ ގިނަ މީހުން އުޅޭއިރު މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެކަން ޔަޤީންކުރާކަމުގައިވެސް ރޮކް ބުނެއެވެ.

ރޮކްގެ އިތުރުން ފިލްމުގައި ދެން ފެނިގެންދާނީ މަޝްހޫރު އެކްޓަރ ރަޔަން ރެނޯލްޑްސް އަދި "ވޮންޑަރ ވުމެން" ގެ ތަރި ގަލް ގެޑޯއެވެ.

ރޯސަން ތާބަރ ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ފްލައިން ޕިކްޗަރ، ޑުވޭން ޖޯންސަން، ޑެނީ ގްރޭސިއާ އަދި ސެވަން ބަކްސް ޕްރޮޑަކްޝަނުންނެވެ.