ޚަބަރު

ވީ.އައި.އޭއަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު - ފޮޓޯ: އެމްއޭސީއެލް

ޥެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ވަޒަންތައް ފެނިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުންކަމަށާއި އެމީހާއަކީ ނެމީބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 9:52 ހާއިރެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން ދަނީ ފަތުރުވެރިޔާއާ ސުވާލުކުރަމުންނެވެ.