ޚަބަރު

މަރްޙޫމް އަބްދުއްސައްތާރު މޫސާދީދީގެ ޖަނާޒާ ބާއްވައިފި


ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު، ވަރަށް
އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވައި، އަދި ދައުލަތުގެ ވަރަށް އިސް
މަޤާމުތަކެއް ފުރުއްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް
އަރުވާފައިވާ ގަލޮޅު ހެލެނގެލި ޢަބްދުއްސައްތާރު މޫސާދީދީގެ ޖަނާޒާ ބާއްވާއިފިއެވެ. 

އެމަޜްޙޫމްގެ ޖަނާޒާ ބާއްވާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. އެމަނިކުފާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭގެ ވަގުތެއްގަ ބެންކޮކްގައެވެ. 

އަބްދުއްސައްތާރު މުސާ ދީދީގެ
ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ
މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފްއެވެ. 

މަރްޙޫމް އަބްދުއްސައްތާރު މޫސާ ދީދީގެ މައްޗަށް ޢައިބުގައި ކުރެވޭ ކަށު ނަމާދު މާދަމާ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. 



 



ަ