މުނިފޫހިފިލުވުން

ސާރާ އަނެއްކާވެސް އާނަންދު އެލް ރާއީއާއިއެކު


އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ "އަތުރަންގީ ރޭ" ގެ ޕްރިންސިޕަލް ފޮޓޮގްރަފީގެ މަސައްކަތް ދާދި ފަހުން ނިންމާލުމަށްފަހު ބޮލީވުޑް ތަރި ސާރާ ޢަލީޚާން އަނެއްކާވެސް އާންނަންދުގެ ޕްރޮޑަކްޝަން "ނަކްރޭވާލީ" އާއި ގުޅިއްޖެއެވެ.

އާނަންދު ޕްރޮޑިއުސްކުރާ މި ފިލްމުގައި ސާރާ ފެނިގެންދާނީ ލީޑްރޯލުންނެވެ. ފިލްމުގައި ދެން ފެނިގެންދާނީ ކޮންތަރިންތަކެއް ޕްރޮޑަކްޝަން ޓީމުން އަދި ބުނެފައެއް ނުވެއެވެ.

ރޮމޭންޓިކް ޑްރާމާ ފިލްމު "އަތުރަންގީ ރޭ" ގެ ލީޑް ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރު، ސާރާ އަދި ތަމަޅަ އެކްޓަރ ދަނުޝް އެވެ.

ފިލްމު "ރާންޖަނާ" އަށްފަހު ދަނުޝްއާއެކު އާނަންދު މަސައްކަތް ކުރާ މިއީ ދެވަނަ ފަހަރެވެ. އަނެއްކޮޅުން އަކްޝޭ ކުމާރުގެ ފެމިލީ ޑްރާމާ "ރަކްޝާ ބަންދަން" ވެސް ޑައިރެކްޓް ކުރަނީ އާނަންދުއެވެ. ނަމަވެސް ކުރިއަތް "ނަކްރޭވާލީ" ޑައިރެކްޓް ކުރާނީ އާންނަދު ކަމެއް އަދި ޔަޤީނެއް ނޫނެވެ.

"އަތުރަންގީ ރޭ" އަކީ އާނަންދު އާއެކު ސާރާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ވިކީ ކޯޝާލް އާއެކު ފެނިގެންދާ "އިމްމޯރޓަލް އަޝްވައްތާމް" އަކީ ސާރާގެ ކުރިއަށް އޮތް ފިލްމެވެ.