ޚަބަރު

އަބްދުއްސައްތާރު މޫސާދީދީގެ ޖަނާޒާ އޮންނާނީ މިރޭ ބެންކޮކްގައި


ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު، ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް
ކުރައްވައި، އަދި ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ނިޝާން
ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވާ ގަލޮޅު ހެލެނގެލި
ޢަބްދުއްސައްތާރު މޫސާދީދީގެ ޖަނާޒާ އޮންނާނީ މިރޭ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ އަބްދުއްސައްތާރު މުސާ ދީދީގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން
ބައިވެރިވެވަޑައިގަންނަވާނީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އާދަމް ޝަރީފްކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. 

ދައުލަތަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވީ ރޭގެ ވަގުތެއްގަ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ.