ދުނިޔެ

ފަލަސްޠީނުގެ ދެ މީހަކު ޝަހީދުކޮށްލައިފި


ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ދިން ދެ ހަމަލާއެއްގައި ފަލަސްޠީނުގެ އާއްމު ރައްޔިތުންގެ ދެ މީހުން ޝަހީދުކޮށްލައިފިއެވެ.ވަކިވަކިން ދިން މި ދެ ޙަމަލާގައި ޝަހީދުވި ފަލަސްޠީނުގެ އާއްމުންގެ 2 މީހުންވެސް ޝަހީދުކޮށްލާފައިވަނީ ކާރެއްގައި ދުއްވަމުން ދަނިކޮށް ދިން ބަޑީގެ 2 ހަމަލާއެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ. ޔަހޫދީން ދޭ މިފަދަ ހަމަލާތަކުގައި ޝަހީދުވާ ފަލަސްޠީނުގެ އާއްމު ރައްޔިތުންގެ އަދަދު އިތުރުވަމުންދާއިރު އިސްރާއީލުންދިން އިއްޔެ ދިން މި ދެހަމަލާ ދިފާޢުކުރަމުން އެޤައުމުން ބުނީ ޝަހީދުކޮށްލި 2 މީހުންވެސް ޔަހޫދީންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވާކަމަށެވެ.މީގެ 8 ހަފްތާ ކުރިން ފެށިގެން ފަލަސްޠީނުގެ އާއްމު ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ދޭން ފެށި މިފަދަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްޠީނުގެ އާއްމު ރައްޔިތުންގެ އަދަދު މިހާރު ވަނީ 92 ށް އަރާފައެވެ.