ކުޅިވަރު

ބީޖީއާ މަހިބަދޫގެ މެޗް އެއްވަރުވެއްޖެ




އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު މަހިބަދޫއާ
ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.



މިއަދު
ހަވީރު ކުޅުނު މި މެޗް އެއްވަރުވެފައިވަނީ ދެ ލަނޑު ދެ ލަނޑުންނެވެ. މެޗްގައި ބީޖީގެ
ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްދާންއާ ޑެނިއަލްސްއެވެ. މަހިބަދޫގެ ދެ ލަނޑު ވެސް
ކާމިޔާބުކޮށްދިނީ އެންޑަރސަންއެވެ. މި މެޗްގައި ދެ ޓީމުންވެސް ވަނީ ރެފްރީގެ
ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މެޗަށްފަހު
އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އެއްވެސް ޓީމަކުން އޮފިޝަލެއް އައިސްފައި
ނުވާކަން ފާޙަގަކޮށްލެވެއެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ބީޖީ ސްޕޯޓްސް ވަނީ 13
ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ޖެހިލާފައެވެ. މަހިބަދޫ އޮތީ 2 ޕޮއިންޓާއެކު
ތާވަލްގެ އެންމެ ފުލުގައެއެވެ.