ކުޅިވަރު

ޕެނަލްޓީގައި އުރުގުއޭ ބަލިކޮށް ކޮލަމްބިއާއިން ކޮޕަރގެ ސެމީއަށް


ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގަ ޕެނަލްޓީގައި އުރުގުއޭ ބަލިކޮށް ކޮލަމްބިއާއިން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެށް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮލަމްބިއާއިން ކުރި ހޯދީ 4 ލަނޑު 2 ލަނޑުންނެވެ.

ޕެނަލްޓީގައި އާސެނަލްގެ ކުރީގެ ގޯލް ކީޕަރު އަދި ކޮލަމްބިއާގެ ކެޕްޓަން ޑޭވިޑް އޮސްޕިނާ ވަނީ އުރުގުއާއީގެ ޖޯސް މާރިޔާ ގިމްނޭޒް އަދި މާޓިއަސް ވިނާގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ. ކޮލަމްބިއާއިން ވަނީ އެޓީމް ޖެހި ފުރަތަމަ 4 ޕެނަލްޓީ ވެސް ކާމިޔާބުކޮށް މުބާރާތުގެ ސެމީއިން ޖާގަ ހޯދާފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި އުރުގުއޭއަށް ލަނޑު ޖެހުމަށް މެޗްގެ ފުރަތަމަ ހާފްގެ 42ވަނަ މިނެޓްގައި އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޑިސަން ކަވާނީއެވެ. ކަވާނީ ފޮނުވާލި ބޯޅަވަނީ ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ ވަނީ ދިފާޢުކޮށްފައެވެ. މިމެޗްގައި އުރުގުއޭއިން އުފައްދަމުންދިޔަ ގިނަ ހަމަލާތަކުގެ ހުރަކަށްވެފައި ވަނީ ކޮލަމްބިއާގެ ޑިފެންސްލައިނަށް ކުޅޭ ކުޅުންތެރިނެވެ.

މެޗްގައި ކޮލަމްބިއާ އަށް ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތު ލިބުނެވެ. ނަމަވެސް ޒަޕާޓާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.

މިމުބާރާތުގެ ތަށި 2001ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ކޮލަމްބިއާއިން ސެމީފައިނަލްގައި ބައްދަލުކުރާނީ އާޖެންޓީނާއާއެވެ. އަދި ދެވަނަ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެންޕިއަން ބްރެޒިލް އާއި ޕެރޫއެވެ.