ވިޔަފާރި

ހުޅުމާލެ ޔޫތް ޕާކް ތަރައްޤީކުރުމަށް ޔޫރޯ މާރކެޓިންއާ ހަވާލުކޮށްފި


ހުޅުމާލޭގެ ޔޫތު ޕާކް ތަރައްޤީކުރުމަށް، 12 މިލިއަން
ރުފިޔާގެ އެއްބަސްވުމެއްގައި ޔޫރޯ މާރކެޓިންއާއި ހައުސިންގ ޑިވެލޮޕްމެންޓް
ކޯޕަރޭޝަން ސޮއިކޮށްފިއެވެ.

މިއަދު ޔޫރޯ މާރކެޓިންއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން
ތަރައްގީ ކުރެވިގެންދާ ޔޫތް ޕާކް ވެގެންދާނީ ޒުވާނުންނަށް އެއްތައްނެއްގައި އެއްފަހަރާ
ގިނަ ގުޅިވަރުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ތަނަކަށެވެ.

ޔޫރޯ މާރކެޓިން އިން 12 މިލިއަން ރުފިޔާ ޚަރަދުކޯށްގެން
ތަރައްގީކުރާ ޔޫތް ޕާކުގައި، ސްކޭޓް ޕާރކްއަކާއި، ފުޓްސެލް ދަނޑުތަކާއި، މަލްޓި
ޕާރޕަސް ދަނޑުތަކުގެ އިތުރުން ކެފޭތަކާއި، ބިލިއާރޑް ފަދަ ކުޅިވަރުތައް ކުޅެވޭނެ
އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު
ސައިމަން ވިދާޅުވިއެވެ. ސައިމަން ވިދާޅުވީ، ޔޫތް ޕާކާ އިންވެގެން އޮތް ސަރަހައްދު
ތަކަކީވެސް މިފަދަ ތަފާތު ކޮންސެޕްޓް ތަކަކާއެކު ތަރައްގީ ކުރުމަށް ނިންމާފައިވާ
ސަރަހައްދުތައް ކަމަށެވެ.

ޔޫރޯ މާރކެޓިންގ ގެ ފަރާތުން ވާހަކަ ދެއްކެވި ރެޑްބުލްގެ
ފީލްޑް މެނޭޖިން ޑިރެކްޓަރ ހުސެއިން އަމީން ވިދާޅުވީ، މިފަދަ ބޮޑު މަޝްރޫއެއް
ސީއެސްއާރް ޕްރޮޖެކްޓްސްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ނީންމީ ޚިދުމަތެއް
ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އަދި އެތަކުގައި ތަރައްގީކުރާ ސޭކޭޓް ޕާކް ވެގެންދާޏީ
އިންޓަރނޭޝަނަލް އިވެންޓް ބޭއްވުމަށްވެސް ހުޅުވިގެންދިޔަ ފުރުސަތަކަށް ކަން އަމީން
ފާހަގަ ކުރެއްވިއެވެ.  އަންނަ އަހަރުގެ މެދުތެރޭގައި ޕާކް ނިމޭނެ ކަމަށް ޔޫރޯ މާރކެޓިންއިން ބުނޭ. މުޅި
މަޝްރޫއު ކުރިއަސް ގެންދަނީ ޔޫރޯ މާރކެޓިން އިން ޚަރަދުކޮށްގެނެވެ.

ޔޫތު ޕާކަކީ ތަފާތު ގިނަ ކުޅިވަރުތަކެއް އެއްފަހަރާ
ކުޅެވޭގޮތަށް ތަރައްޤީކުރާ ޕާކެކެވެ. ހުޅުމާލެއަކީ ޒުވާނުންނާގުޅޭ ތަރައްގީގެ
އެންމެ ގިނަ މަޝްރޫއުތައް ކުރިއަށްދާ އެއްތަނެވެ.