ކުޅިވަރު

73 މިލިއަން ޕައުންޑަށް ސަންޗޯ ޔުނައިޓެޑަށް ބަދަލުވެއްޖެ


ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލްވާން އެއްބަސްވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ އަހަރުވެސް ސަންޗޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުއިން 3 ބިޑެއް ކުރިނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވިއެވެ. އަދި މިއަހަރު ސަންޗޯ ހޯދުމަށް ޔުނައިޓެޑުން މިއަހަރު ކުރި ބިޑްވެސް ބޮރޫޝިއާ ޑޯޓްމަންޑުން އަނބުރާ ފޮނުވާލާފައިވަނީ އެޓީމް ހިންހަމަޖެހޭ ވަރުގެ އަގެއް ލިބިފައިނުވާތީއެވެ. ނަމަވެސް ބޮރޫޝިއާ ޑޯޓްމުންޑަށް ޔުނައިޓެޑުން ކުރި ދެވަނަ ބިޑަށް މިހާރު އާއެކޭ ބުނެފައިވާކަމަށް މިޑިޔާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެއީ 73 މިލިއަން ޕައުންޑަށެވެ. އަދި 2026ވަނަ އަހަރާއި ހަމައަށް ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑަގައި މަޑުކުރާނެކަމަށް ބެލެވެއެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ޓީމާއެކު ހުރި ސަންޗޯ ޔުނައިޓެޑަށް ބަދަލް ވުމުގެ އެންމެހައި ކަންތައްތައް ކުރިއަށް ދުވަސްވަރު ކުރިއަށްދާއިރު، ޔޫރޯ ނިމުމާއެކު ސަންޗޯގެ މެޑިކަލްގެ ކަންކަން ކުރިއަށްދާނެކަމަށް ވެސް މީޑިޔާ ރިޕޯޓްތަކުން ބުނެފައިވެއެވެ.

ސަންޗޯ ބޮރޫޝިއާ ޑޯޓްމުންޑަށް ބަދަލުވެފައިވަނީ 2017ވަނަ އަހަރުއެވެ. ބޮރޫޝިއާ ޑޯޓްމުންޑަށް ސަންޗޯ ކުޅެދިން 137 މެޗުގައި އޭނާވަނީ އެ ޓީމަށް 50 ގޯލު ޖަހައިދީފައެވެ. ސަންޗޯ ވަނީ ބޮރޫޝިއާ ޑޯޓްމުންޑާއެކު ޖަރުމަނު ކަޕާއި ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.