ކުދި އަދި
މެދުފަންތީގެ ވިޔަފާރިތަކަށް 50 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ރައީސް އަބްދުﷲ
ޔާމީން އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ކުދި އަދި މެދުފަންތިގެ
ވިޔަފާރި ތަރައްގީ ކުރުމުގެ ގާނޫނުގެ ދަށުން މި ލޯން ސްކީމް އިފްތިތާހު
ކޮށްދެއްވީ، މިރޭ ދަރުބާރުގޭގައި ބޭއްވި އިކޮނޮމިކް ޑައިލޮގް ވިތް ޕްރެސިޑެންޓް
ހަފްލާގެ ތެރެއިންނެވެ.
އިކޮނޮމިކް
މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވީ މި ލޯން ސްކީމަކީ ކުދި އަދި
މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަކޮށް ތައާރަފް ކުރި ސްކީމެއް ކަމަށެވެ.
އަދި މިފަދަ ސްކީމްތަކުގެ ސަބަބުން ވިޔަފާރިތަކަށް އެހީތެރިކަމެއް ލިބިގެން
އަންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުދި
ވިޔަފާރިތައް ކުރިއަރުވައިގެން އިގްތިސާދު ފުޅާކުރަން ވިސްނާ ކަމަށެވެ.
މި ސްކީމް ހިންގާނީ ލުއި ލޯނު
ސްކީމެއްގެ ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްކީމްގެ
ދަށުން ލޯނު ދޫކުރާނެ ދާއިރާތަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް
ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ކުދި އަދި
މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ފައިނޭންޝަލް ގިނަ
އިންސްޓްރޫމަންޓްތަކެއް ދޫކުރަމުންނެވެ.
އެގޮތުން
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ގެޓްސެޓްގެ ނަމުގައި ލޯނު ސްކީމެއް ފަރުމާކޮށް
މި ސްކީމުން 72 ފަރާތަކަށް 20 މިލިއަން ރުފިޔާގެ ދޫކޮށްފައިވެއެވެ. މީގެ އިތުރުން
އިސްލާމިކް ކްރެޑިޓް ސްކީމެއް ތައާރަފުކޮށް 30 މިލިއަން ރުފިޔާގެ ކްރެޑިޓް
ފެސިލިޓީއެއް ދޫކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.