ޚަބަރު

ކޮސްޓް ޝެއަރިންގ ސްކީމެއް ތަޢާރަފްކުރަނީ


ވިޔަފާރިތަކަށް
އެހީވާން އަންނަ އަހަރުގެ ޖެނުއަރީ މަހު ހަތް މިލިއަން ރުފިޔާގެ "ކޮސްޓް
ޝެއަރިން ސްކީމެއް" ތައާރަފު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.  

އިކޮނޮމިކް މިނިސްޓްރީގެ ކެޕޭސިޓީ
ބިލްޑިން އެންޑް ވެލިއުޗެކިން ސްޕެޝަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ ކޮސްޓް
ޝެއަރިން ސްކީމަކީ ކުރިން ވެސް ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި، މި ސްކީމްގެ
ބޭނުމަކީ ވިޔަފާރިތަކަށް އިތުރު އެހީ ދިނުން ކަމަށެވެ. 

އެގޮތުން މި ސްކީމްގެ ދަށުން ވިޔަފާރިތަކުން ކޮންމެވެސް ވަރެއްގެ ހަރަދެއް
ކުރަންޖެހޭނެކަމަށް މުމްތާޒް ވިދާޅުވިއެވެ. 

މި ސްކީމްވެސް ކުރިއަށްދާ ގޮތް ސީދާ
އިކޮނޮމިކް މިނިސްޓްރީން ގާތުން ބަލަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ސްކީމް ކުރިއަށް ގެންދެވޭނީ ވަކި
އޭރިއާތަކަކަށް އަމާޒު ކުރެވިގެންކަމަށްވެސް މުމްތާޒް ވިދާޅުވިއެވެ.



މުމްތާޒު
ވިދާޅުވީ އެންޓަޕްރައިސް ޑިވްލޮޕްމަންޓް އުފެދުމާއި އެކު ލޯނުތައް ދޫކުރުން
ހަރުދަނާކޮށް، އެޕްލިކޭޝަންތައް ވަރަށް ބޮޑަށް ބަލަމުންދާ ކަމަށެވެ.



އެގޮތުން
ބީއެމްއެލްއިން ލޯނު ދޫކުރުމަށްފަހު އެ ބޭފުޅުންގެ މޮނިޓަރިން ނިޒާމުގެ ދަށުން ބަލަމުންދާކަމަށް
ވިދާޅުވިއެވެ.