މުނިފޫހިފިލުވުން

ސްކާލެޓް ޑިޒްނީގެ ޕްރޮޑިއުސަރަކަށް


މާވެލްގެ ސިނަމެޓިކް ޔުނިވާރސްއިން ބްލެކް ވިޑޯގެ ނަމުގައި މަޝްހޫރުވި ތަރި ސްކާލެޓް ސްކާލެޓް ޖޯހަންސަން
ޑިޒްނީގެ ފިލްމެއް ޕްރޮޑިއުސްކުރަން ތައްޔާރުވެއްޖެއެވެ.

ސްކާލެޓް ޕްރޮޑިސްކުރަނީ ޑިޒްނީ ފިލްމު "ޓަވަރ އޮފް ޓެރަރ" އެވެ. މީ "ޓޯއީ ސްޓޯރީ 4" ގެ ޑައިރެކްޓަރު ޖޯޝް ކޫލީގެ ސްކްރިޕްޓަކަށް އުފައްދާ ފިލްމެކެވެ. މީ ޑިޒްނީ ތީމް ޕާކްގައި ހުންނަ ޓަވަރ ޓެރަރގެ ރައިޑްގެ މައްޗަށް ހަދާ ފިލްމެކެވެ.

މި ފިލްމުގެ ޕްލޮޓާއި ގުޅޭ އެއްވެސް ވާހަކައެއް ޑިޒްނީ އަދި ނުބުނެއެވެ. އަދި ފިލްމުގައި ސްކާލެޓް ރޯލެއް ހިމެނޭކަމެއްވެސް އަދި ނޭގެއެވެ. ސްކާލެޓްގެ އަމިއްލަ ކުންފުނި ދީސް ޕިކްޗާރސް އިން ޕްރޮޑިއުސް ކުރާ މި ފިލްމުގެ އަނެއް ޕްރޮޑިއުސަރަކީ ޖޮނަތަން ލިއާއެވެ.

ޑޭން ޖޯންސަން އަދި އެމިލީ ބްލަންޓް ފެނިގެންދާ ޑިޒްނީގެ "ޖަންގަލް ކުރޫޒް" އަންނަމަހު 30 ގައި ރިލީޒްކުރުމަށްފަހު "ޓަވަރ އޮފް ޓެރަރ" ގެ މަސައްކަތް ފަށާނެކަމަށް ޑިޒްނީ އިން ބުނެއެވެ.

ޑިޒްނީ ޓަވަރ އޮފް ޓެރަރ ފުރަތަމަ ހުޅުވާފައިވަނީ 1994 ވަނަ އަހަރު ފޮލަރިޑާގައި ހުންނަ ހޮލީވުޑް ސްޓޫޑިއޯގައެވެ. އޭގެ ފަހުން މީގެ ބައެއް ޓަވަރަތައް ޑިޒްނީގެ އެހެން ތީމު ޕާކުތަކުގައިވެސް ވަނީ ހަދާފައެވެ.

ސްކާރލެޓް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފްލޯރެންސް ޕުގް އާއިއެކު ފެނިގެންދާ ފިލްމު "ބްލެކް ވިޑޯ" އިންނެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ މަހުގެ 2 ވަނަދުވަހުއެވެ.