ޚަބަރު

ހުކުރު ދުވަހު ވެކްސިން ފުރިހަމަކުރީ 206 މީހުން


ހުކުރު ދުވަހު އިތުރު 206 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމާއެކު، ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 186،777އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން އާޢްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ހުކުރު ދުވަހު މާލެ ސަރަޙައްދުގައި ވެކްސިން ޖަހާފައިނުވެއެވެ.
ހުކުރު ދުވަހު ރަށްރަށުން ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކުރީ 206 މީހުންނެވެ. މިއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 186،777އަށް އިތުރުވެފައެވެ.

އެންމެފަހުން ރަށްރަށުގެ ސެންޓަރުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 94 މީހުންނާއެކު ވެކްސިންގެ ފުރަތަމަ ޑޯޒްޖެހި މީހުންގެ ޢަދަދު މިހާރުވަނީ 316،069އަށް އިތުުރުވެފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި 2ވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.