މުނިފޫހިފިލުވުން

"ސިންގް 2" ޓްރެއިލަރ، ސިނަމާތަކަށް ޑިސެމްބަރުމަހު


އެނިމޭޓެޑް މިއުޒިކަލް ކޮމެޑީ "ސިންގް 2"ގެ ޓްރެއިލަރ ދައްކާލައިފިއެވެ. މީ 2016 ވަނަ އަހަރުން ނުކުތް ކާމިޔާބު ކާޓޫން "ސިންގް" ގެ ސީކުއަލްއެކެވެ.

މިފަހަރުގެވެސް ކާޓޫން ލިޔެ ޑައިރެކްޓްކުރީ ގާތް ޖެނިންގްސްއެވެ. މި ކާޓޫނަށް އަޑު އަޅާފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި މެތިއު މެކޮނަހޭ. ރީސް ވިޓަރސްޕޫން، ސްކާލެޓް ޔޯހަންސަން، ނިކް ޓްރޯލް، ޓާރަން އެގާޓަން އަދި ޓޯރީ ކެލީ ހިމެނެއެވެ.

ޔުނިވަރސަލްގެ ތްރީ ޑީ މި ފިލްމު ސިނަމާތަކަށް މި އަންނަނީ ކުރިން ފިލްމު ނެރެން ކަނޑައެޅި ތާރީހަށްވުރެ އަހަރެއްހާ ދުވަސްފަހުންނެވެ. މިިދިޔަ އަހަރުގެ ނުކުތް ކާމިޔާބު " ސިންގް" ގެ މިސީކުއެލް މިހާރު އޮތް ގޮތުން ނަމަ ސްކްރީންތަކަށް އަންނަނީ އަންނަ ޑިސެމްބަރު މަހުގެ 22 ވަނަދުވަހުއެވެ.