ޚަބަރު

ކޯވިޑް ޖެހިގެން ދިއްދޫއިން މީހަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން ދިއްދޫ އިން މީހަކު ނިޔާވެއްޖެއެވެ.

ހއ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި މިބަލީގައި ދިއްދޫން މިއަދު ނިޔާވެފައި ވަނީ އުމުރުން 51 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިމީހާއަކީ ދިއްދޫގަ ހުންނަ ފަހާ ތަނެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ. މިއަދު ދިއްދޫއިން ނިޔާވި މީހާއާ އެކު އެރަށުން މިބަލީގަ 2 މީހަކުވަނީ ނިޔާވެފައެވެ. އަދި މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 209ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 190 ދިވެހިންނާއި 19 ބިދޭސީންނެވެ.

ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު އިއްޔެ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗް.ޕީ.އޭއިން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އިއްޔެ އެރަށުން ޕޮޒިޓިވްވެފައިވަނީ ބޯކޮށާ ތަނެއްގަ މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މި މީހާ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން 14 ޖޫން އިން ފެށިގެން އެތަނަށް ގޮސްފައިވާ ފަރާތްތަކާއި މިއަދު ޕޮޒިޓިވްވި މީހާ މަސައްކަތް ކުރާ ފަހާ ތަނަށް ދިޔަފަރާތްތައް ގޭގައި މަޑުކޮށް އެކަން އެރަށު ހޮސްޕިޓަލަށް އެންގުމަށް އެރަށު ހޮސްޕިޓަލުން ވަނީ އެދިފައެެވެ.