ޚަބަރު

އެކްސްޕޯގައި ފަތުރުވެރިންނަށް ޚާއްޞަ އިންތިޒާމްތަކެއް


މޯލްޑިވްސް އެކްސްޕޯ ދެހާސްފަނަރައަށް
ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް
މަސައްކަތްކުރަމުންދާކަމަށް އެކްސްޕޯ މޯލްޑިވްސް އޮފީހުން ވިދާޅުވެއްޖެއެވެ.



އެކްސްޕޯއަށް ގިނަ އަދަދެއްގެ ފަތުރުވެރިން
ޒިޔާރަތްކުރާނެކަމަށް ބެލެވޭތީ ފަރުވެރިންނަށް ޚާއްޞަ އިންތިޒާމްތަކެއް
ހަމަޖައްސަވަމުން ގެންދަވާކަމަށް އެކްސްޕޯރ މޯލްޑިވްސް ދެހާސް ފަނަރައިގެ އޮފީހުން
މައުލޫމާތުދެއްވައެވެ. 

މިގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަތުވެރިންނަށް ވަކި
ފާލަމެއް ޚާއްޞަކުރުމާއި ފަލަމުން އެކްސްޕޯ ބާއްވާ ސަރަހައްދުކަމަށްވާ
ދަރުބާރުގެއަށް ފަތުރުވެރިންނަށް ދަތުރުކުރެވޭނެ އިންތިޒާމްތައްވެސް
ހަމަޖައްސަވަމުން ގެންދަވާކަމަށް އެކްސްޕޯގެ ޗެއާމަން އަދި އިކޮނޮމިކް
ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވިއެވެ.
އަބުދުﷲ މުހައްމަދު ވިދާޅުވީ ދިވެހިންގެ ތަފާތު އުފެއްދުންތައް ފެނިގެންދާނެ
މިމައުރަޒުގައި ބައިވެރި ވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މައުރަޒުގެ ތެރެއިން އެ އުފެއްދުމެއް މާކެޓްކުރުމަށް ފުރުޞަތުތައް ލިބުންކަމަށެވެ.



މިފަހަރުގެ އެކްސްޕޯގައި ދިވެހިންގެ ކޮންމެ
އުފެއްދުމަކަށްވެސް ޖާގަދެވޭއިރު އެކްސްޕޯއަށް އޮޑިދޯނިފަހަރާ ލޯންޗްފަދަ
ތަކެތިވެސް ހުށައެޅިދާނެކަމަށާ އަދި ދިވެހިންގެ ޘަޤާފީ ނެށުންތައްވެސް އެކްސްޕޯގައި
ބައިވެރިކުރެވިދާނެކަން އެކްސްޕޯ މޯލްޑިވްސް އޮފީހުން މައުލޫމާތުދެއެވެ.

އެކްސްޕޯ މޯލްޑިވްސް
ދެހާސް ފަނަރައިގައި ބައިވެރިވުމަށް ހުށައެޅުމުގެ ފުރުޞަތު ޑިސެމްބަރު މަހުގެ
ފުރަތަމަ ދުވަހާ ހަމައަށް ހުޅުވިފައިވާއިރު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ
ޑިސެމްބަރު 22 އިން 28 އަށް ދަރުބާރުގޭގައެވެ.