ކުޅިވަރު

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ވާދަކުރަނީ


11 އަހަރަށް ފަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ނިންމައިފިއެވެ. މިއަންނަ އަހަރު އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ލައްވާލާފައިވަނީ ގުރޫފް ބީގައެވެ.

ގުރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުުން އަފްގާނިސްތާން، ތަޖަކިސްތާން އަދި ވިއެޓްނާމެވެ. ކޮލިފައިންގެ މެޗްތައް ކުރިއަށްދާނީ މިއަންނަ ސްޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ވާދަކުރާއިރު ފީފާ ރޭންކިންގައި ރާއްޖޭގެ އަންހެން ޓީމް އޮތީ 144ވަނައިގައެވެ. ރާއްޖެ ހިމެނޭ ގުރޫފް ބީގައި ހިމެނޭ އަފްގާނިސްތާން އޮތީ ފީފާ ރޭންކިންގެ 152ވަނައިގައެވެ. ތަޖަކިސްތާން އޮތީ 135ވަނައިގައެވެ. އަދި ވިއެޓްނާމް އޮތީ ފީފާ ރޭންކިންގެ 33 ވަނައިގައެވެ. މިރޭންކިންއަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ވިއެޓްނާމްގެ އަންހެން ޓީމެވެ.

މިސެޕްޓެންބަރު މަހުގައި ކޮލިފައިންގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގައި 12 ޓީމެއް ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. މާލޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު އެއްވެސް އަންހެން މުބާރާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ގައުމީ އަންހެން ޓީމް އެންމެ ފަހުން ބައިނަލަގްވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ. މިސަރައްހަދުގެ ފުރަތަމަ މެޑަލްއާއެކު ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމް ވަނީ ލޯ މެޑަލްއެއް ހޯދާފައެވެ. ގައުމީ އަންހެން ޓީމްގެ ކަންތައްތައް މިހާރު މިހާރު ކުރިއަށްދަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)ގެ ބަލުމުގެ ދަށުންނެވެ.

މާލޭގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ވަނީ މާލޭގެ ކުޅިވަރު ކުޅޭ ތަންތަނާއި ކުޅިވަރު މުބާރާތްތައް ހުއްޓާލަން އަންގާފައެވެ. އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތައް ސެޕްޓެންބަރު މަހުގައި އޮތުމުން އެފްއޭއެމްއިން ދަނީ ގައުމީ އަންހެން ޓީމްގެ ފްރެކްޓިސްތައް ފެށޭތޯ މަސައްކަތް ކުރަމުންނެވެ.