ހއ އުލިގަމުގައި ކަސްޓްމްސްގެ އިމާރާތެއް އެޅުމަށް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.މި އިމާރާތުގެ މަސައްކަތައް 3.2 މިލިޔަން ރުފިޔާ ހަރަދު ވާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މައުލޫމާތުދެއެވެ.ކަސްޓަމްސްގައި ކުރިޔަށް ގެންދިޔަ މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ އުލިގަމަކީ ވަރަށް ގިނަ ޔޮޓްފަހަރު މަޑުކޮށްލާ ރަަށަކަށް ވުމާއެކު، މިފަދަ އުޅަނދު ފަހަރަށް ކަސްޓަމްސްގެ ފަރާތުން ދެމުންގެންދާ ހިދުމަތަށް ދިވާމެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި މަސައްކަތް ކުރުމަށް ރަނގަޅު މާޙަައުލެއް ގާއިމް ކުރުމުގެ މަޤްޞަދުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތެއްކަމަށެވެ."މިއީ ހއ އުލިގަމު ރައްޔިތުންނަށް ވެސް އުފާވެރި ޙަބަރަކަށް ވާނެ. މި އިމާރާތް ބެލެހެއްޓުމަށާއި އެހެނިހެން ކަންކަމަށް މުއައްޒަފުންނ ނެގުމުގައި އިސްކަންދެއްވާނީ އުލިގަމް ރައްޔިތުންނަށް: ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވިއެވެ.ރާއްޖެއަށް އަންނަ ޔޮޓްފަހަރާއި ޓޫރިސްޓް އުޅަނދު ފަހަރަށް ކުލިޔަރެންސް ދިނުމާއި އެފަދަ އުޅަނދު ފަހަރުގައި ގެންނަ މުދަލުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މި އިމާރާތުގެ ސަބަބުން އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.ކަސްޓަމްސްގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މި އެއްބަސް ވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު. އަދި ޕްރޮޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަހުމަދު ނަސީރުއެވެ.މި ޕްރޮޖެކްޓަކީ ދެހާސް ފަނަރަވަނައަހަރު ގެ ޕަބްލިކް ސެކްޓަަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގާ ޕްރޮޖެކްޓެއްކަމަށް ކަސްޓަމްސް ސާރވިސް އިން މައުލޫމާތުދެއެވެ. މިޕްރޮޖެކްޓުްގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަށް ވަނީ ހަމަޖެހިފައެވެ.