ޚަބަރު

ފެނަކައިގެ އާވެބްސައިޓް އިފްތިތާހްކޮށްފި


ފެނަކަ ކޯޕަރޭޝަނުގެ އާ
ވެބްސައިޓް އިފްތިތާހްކޮށްފިއެވެ.



ފެނަކައިގެ އާވެބްސައިޓް
ތައާރަފްކުރުމަށް ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި
ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު
ނިމާލު ވިދާޅުވީ އެކުންފުނީގެ މި ވެބްސައިޓް ވެގެންދާނީ ފެނަކައާ ރައްޔިތުންނާ
ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި ކަމަށެވެ.



މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ
ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠޯރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ
އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައިވެސް އެންމެ ބޮޑު ރޯލެއް އަދާކުރެވޭނީ
ފެނަކައަށްކަމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން
ހާޞިލްކޮށްފައިވާ ކާމިޔާބީތަކުގެ މައްޗަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ. މީގެ
އިތުރުން ފެނަކައިގެ މަސައްކަތްތަކަށް ހޯދާ ތަކެއްޗަކީވެސް ތިމާވެއްޓާ
ރަހުމަތްތެރި ތަކެތިކަމަށް ހައްދައިވައިދެއްވުމަށް މިނިސްޓަރ ޠޯރިގު
އެދެވަޑައިގެންނެވިއެވެ.

މިނިސްޓަރ
ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން
މިހާތަނަށް އިޔާދަކުރަނިވި ހަކަތައިގެ 2 މެގަވޯޓް އިތުރުކުރެވިފައިވާކަމަށާ އަދި އިޔާދަކުރަނިވި
ހަކަތައިގެ އިތުރު 4 މެގަވޯޓް އިތުރުކުރުމުގެ  މަސައްކަތްކުރަމުންދާކަމަށެވެ.