ހުޅުމާލެ ވަގުތި މިސްކިތެއްގައި މާރާމާރިއެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތައް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫ ކުރި މީހަކަށް އެ ކަންތައް އެ ގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރިއެއް ހިންގާފައިވާކަމުގެ މައްސަލަ ފުލުހުްނނަށް މިއަދު އިރުއޮއްސި 18:38 ހާއިރު ހުށައަޅާފައިވާކަމަށެވެ. އެ މާރާމާރީގައި އެކަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެ މައްސލަ ދަނީ ތަޙްޤީގުކުރަމުންކަމަށެވެ.
ފަހަކަށް އައިސް ބައެއް ފަރާތްތަކުން އަންނަނީ މިސްކިތުގެ ހުރުމަތްކެނޑޭފަދަ ޢަމަލުތައް ހިންގަމުންނެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މިސްކިތުގެ ސާފުތާހިރުކަން ގެއްލޭގޮތަށް އެތަނުގައި ކައިބޮއި ނިދުންފަދަ ޢަމަލުތައް ބައެއްމީހުން އަންނަނީ ހިންގަމުންނެވެ. މިފަދަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދެއެވެ.