ގެއްލިގެން ހޯދަމުން ދިޔަ 20 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހާ ފެނިފައިވަނީ މާލެއިން ކަމަށާއި ފެނުނި އިރު ހާލު ރަނގަޅުކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ގެއްލިގެން ހޯދަމުންދިޔައީ ހދ.ކުޅުދުއްފުށި، ރިންސޯ، އުމުރުން 20 އަހަރުގެ އަބޫބަކުރު އިބްރާހީމެވެ. އަދި މިމަހުގެ 16ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފުލުހުން ފެށިއެވެ.
އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މަޢުލޫމާތުދީފައެވެ.