ކުޅިވަރު

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ފިއޮންތި ދަތުރުކޮށްފި


ޤައުމީ ނެޓްބޯޅަ މުބާރާތުގައި ފައިނަލަށް ފިއޮންތި
ސްޕޯޓްސް ދަތުރުކޮށްފިއެވެ.

ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ފިއޮންތި ސްޕޯޓްސް
ފައިނަލުން ޖާގަ ހޯދީ ރޭ އެޓީމް ކުޅުނު ލީގު ބުރުގެ ފަހު މެޗްގައި ސަބާ
އެކުވެރި ކުލަބާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗް ފިއޮންތި
ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކުއެވެ. އެއީ 40 ޕޮއިންޓް 17 ޕޮއިންޓުންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައިވަނީ ފިއޮންތި ޓީމްގެ ހަމްނާ އަބްދުލް
ރަޙްމާންއެވެ. އެއް ސެމީ ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރާނީ ޓީރެކްސްއާއި ކުޅުދުއްފުށި
ޔޫތް އެންޑް ރެކްރިއޭޝަން ކުލަބެވެ.

ފިއޮންތި ފައިލަށް ދަތުރުކޮށްފައިވަނި 3
މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. އަދި ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން
ކުލަބަށް 3 މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، ޓީރެކްސް އެކަޑަމީއަށް 3 މެޗުން 3 ޕޮއިންޓް ލިބިފައިވެއެވެ. ތާވާލްގެ އެންމެ ފުލުގައި އޮތް ސަބާ އެކުވެރި
ކުލަބް ވަނީ މުބާރާތުން ކަޓާފައެވެ.