މުނިފޫހިފިލުވުން

"ގާރޑިއަން އޮފް ދަ ގެލްކްސީ" ވީޑިއޯ ގޭމް އޮކްޓޫބަރުގައި


މާވެލް ކޮމިކްސްގެ ސުޕަރ ހީރޯ ފިލްމު "ގާރޑިއަން އޮފް ދަ ގެލެކްސީ"ގެ ވީޑިއޯ ގޭމް މި އަހަރުގެ އޮކްޓޫބަރު 26 ގައި ރިލީޒްކުރަން ނިންމައިފިއެވެ.

އެހެން ފީޗާރޑް ގޭމްތަކާއި އެއްގޮތް މި ގޭމްގައި ކުޅުންތެރިން ގޭމްގެ އެހެން ކެރެކްޓަތަކާއި ވާހަކަ ދައްކާ، މާހައުލު ދެނެގަނެ، ބެކްގްރައުންޑު ހުންނަ ތަކެއްޗާއި ބެހޭގޮތުން ވާހަކަދެއްކޭނެއެވެ. އަދި ގޭމްގައި ހިމަނާފައިވަނީ އަވަސް އެކްޝަން ސީކުއެންސްތަކެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގޭމްގައި ސްޓާރލޯރޑް ގެ ބައިން ފެންނާނީ ސްކޮޓް ޕޯރޓައެވެ. އަދި ރެކޫންގެ ގޮތުގައި އެބްރިއަން ގެމޯރާއާއި ނޯރލަން ނޯރތް ފެނިގެންދާއިރު ޑްރެކްސް ދަ ޑިސްޓްރޯޔަރގެ ރޯލުން ބްރޭންޑަން ޕޯލް އެލްސް އަދި ގްރޫޓްގެ ރޯލުން އެޑަމް ހެރިންގްޓަން ފެނިގެންދާނެއެވެ.

މާވެލްގެ "ގާރޑިއަން އޮފް ދަ ގެލެކްސީ" ގޭމް ޑިވޮލޮޕްކޮށްފައިވަނީ އިޑޯސް މޮންޓާރިއަލްއާއި ސްކުއަރ އެނިކްސް އިންނެވެ. މި ގޭމް ނިންޓެންޑޯ ސްވިޗް، ޕްލޭ ސްޓޭޝަން 4،5 އެކްސް ބޮކްސް ވަން އަދި އެކްސް ބޮކްސްގެ ސީރީޒްއިން ކުޅެވޭނެއެވެ.