ޚަބަރު

މަރުގެ މައްސަލައެއް ހައިކޯޓަށް އިސްތިއުނާފަށް!


މުއްދަތު ހަމަވިއިރު އިސްތިއުނާފް
ނުކޮށް
އޮތް މަރުގެ މައްސަލައެއް، ޖުވެނައިލް ކޯޓުން ހައިކޯޓަށް އިސްތިއުނާފްކުރުމަށް
ހުށަހަޅައިފިއެވެ. 



ޖުވެނައިލް ކޯޓުން، ހައިކޯޓަށް އިސްތިއުނާފްކުރަން
ހުށަހެޅީ، އައިޖީއެމްއެޗް ކައިރީ ތޫނުއެއްޗަކުން
ހަމަލާދީ
މަރާލި
ނޫރުއާދަމް
ހަސަންފުޅުގެ
މަރުގެ މައްސަލާގައި މެރުމަށް ހުކުމް އިއްވާފައިވާ ކުއްޖާގެ މައްސަލައެވެ.



ޖުވައިނަލްކޯޓުން ވިދާޅުވީ ނޫރުގެ މަރުގެ މައްސަލާގައި
މެރުމަށް ހުކުމް އިއްވާފައިވާ ކުއްޖާގެ މައްސަލަ އިސްތިއުނާފްކުރުމަށް ހުށައެޅީ އިސްތިއުނާފްކުރުމަށް ލިބިފައިވާ ދިހަ
ދުވަސް ހަމަވިއިރުވެސް އެ ކުއްޖާގެ ފަރާތުން އެމައްސަލަ އިސްތިއުނާފް
ނުކުރުމުންކަމަށެވެ. އެހެންކަމުން އެ މައްސަލާ ހައިކޯޓަށް ހުށައަޅާދިނުމަށް
އެދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް
ފޮނުވާފައިވާކަމަށް ޖުވައިނަލްކޯޓުން ވިދާޅުވެއެވެ. 



ސުޕްރީމްކޯޓުން މިމަހުގެ ފަނަރަ ވަނަދުވަހު ނެރުނު
ސާރކިއުލަރގައިވާ ގޮތުން މަރުގެ މައްސަލަތަކުގައި އެ ހުކުމެއް އައި ފަރާތަކުން
ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފްކުރަންޖެހޭނެއެވެ. އަދި އެ
މުއްދަތުގެ ތެރޭގައި އެމީހަކު އެ މައްސަލަ އިސްތިއުނާފްނުކޮށްފިނަމަ ހުކުމްކުރި
ކޯޓަކުން އެ މައްސަލަ އިސްތިއުނާފްކުރުމަށް ހަތްދުވަހުގެ ތެރޭގައި ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނަށް ފޮނުވަންޖެހޭނެކަމަށްވެސް ސުޕްރީމްކޯޓްގެ ސާރކިއުލަރގައިވެއެވެ.



ނޫރު އާދަމް ހަސަންފުޅުމަރުގެ މައްސަލާގައި ދައުލަތުން
ދެ ކުއްޖެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. މީގެ ތެރެއިން ކުށް ސާބިތުވެ  އެ ކުއްޖެއްގެ މައްޗަށް މެރުމަށް
ހުކުމްކޮށްފައިވާއިރު އަނެއް ކުއްޖާގެ މައްޗަށް ކުށްސާބިތުވެފައެއްނުވެއެވެ.



ނޫރު މަރާލި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށްވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ވެސް ދައުވާ އުފުލާފައެވެ. އަދި އެ
މައްސަލަތައް އަންނަނީ ކޯޓުގައި ހިނގަމުންނެވެ.