ކުޅިވަރު

ފުރަތަމަ ބުރުގެ ފަހު މެޗްވެސް ސިފައިންގެ ކްލަބް ކާމިޔާބުކޮށްފި




ޤައުމީ ވޮލީ ލީގުގެ ފުރަތަމަ ބުރުގައި ދިވެހި
ސިފައިންގެ ކްލަބް ކުޅުނު ފަހުމެޗްވެސް ކާމިޔާބުކޮށްފިއެވެ. މޯލްޑިވިއަން ރިކްރިއޭޝަން
ކްލަބާ ދެކޮޅަށް ކުޅުނު މިމެޗް ސިފައިންގެ ކްލަބް ކާމިޔާބުކުރީ މޯލްޑިވިއަން
ފުރަތަމަ ސެޓް ހޯދާފައިވަނިކޮށް ފަހަތުން އަރާ ޖެހިގެން އައި ތިން ސެޓް
ކާމިޔާބުކޮށްގެންނެވެ.

މެޗްގެ ފުރަތަމަ ސެޓް މޯލްޑިވިއަން ރިކްރިއޭޝަން ކްލަބް
ކާމިޔާބުކުރީ ފަންސަވީސް ބާވީހުންނެވެ. ދިވެހި ސިފައިންގެ ކްލަބް މެޗްގެ ސެޓްތައް
ގެންދިޔައީ ފަންސަވީސް އެކާވީސް، ފަންސަވީސް ބާވީސް އަދި ފަންސަވީސް ނަވާރައިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ އަހުމަދު އަބްދުލް
ކަރީމްއެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗްގައި ވާދަކުރަނީ ގުޑީސް ސްޕޯޓްސް
ކްލަބާ ޕޮލިސް ކްލަބެވެ.