މުނިފޫހިފިލުވުން

ޝާހުގެ ދެން އޮތް ފިލްމުގެ ކޮމްޕޯސަރަކީ އޭ އާރް ރަޙްމާނު؟


ތަމަޅަ ޑައިރެކްޓަރ އަތުލީ ބޮލީވުޑް ސުޕަރ ސްޓާރ ޝާހުރުކްޚާނާއެކު ހަދާ ފިލްމު ޑިސެމްބަރުގައި ރިލީޒް ކުރާނެކަމަށް މީގެކުރިން ވަނީ ހާމަކޮށްފައެވެ.
އޭގެފަހުން ފިލްމުގެ އިތުުރު ޚަބަރަކަށް އިންތިޒާރުކޮށްގެން ތިބި ފޭނުންނަށް މިވަނީ އަނެއްކާވެސް އުފާވެރި ޚަބަރެއް ލިބިފައެވެ. މި ފަހަރުގެ ޚަބަރަކީ މި ފިލްމުގެ މިޔުޒިކް މަޝްހޫރު މިޔުޒިކް ކޮމްޕޯސަރ އޭއާރު ރަޙްމާނު އުދައްފާ ވާހަކައެވެ. ނަމަވެސް މި ވާހަކަތަކާއި ގުޅިގެން ރަސްމީކޮށް ފިލްމުގެ ޓީމުގެ އެއްވެސް އެއްޗެއް ނުބުނެއެވެ.

ޝާހުގެ ޑަބަލް ރޯލު ފެނިގެންދާ މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް ފިލްމު އިޢުލާނުކުރާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސިދާރތް އާނަންދު ޑައިރެކްޓްކުރާ ފިލްމު "ޕަތާންގް" ގެ މަސައްކަތުގައި ޝާހު މިވަގުތު ބިޒީވެފައިވާއިރު މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށްވެސް ވެއެވެ.

ސްޕޯރޓްސް ޑްރާމާ "ބިގިލް" ގެ ކާމިޔާބަށްފަހު އަތުލީ އަދި އޭނާގެ އެހެން މަސައްކަތެއްގެ ވާހަކަ އިޢުލާނެއް ނުކުރެއެވެ.