ކުޅިވަރު

ބޮލީވިއާ ބަލިކޮށް ޗިލީއިން 2ވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފި


ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޗިލީއިން ބޮލީވިއާގެ މައްޗަށް ކުރި ހޯދައިފިއެވެ. ގުރޫޕް އޭގައި ޗިލީއިން ބޮލީވިއާގެ މައްޗަށް ކުރި ހޯދާފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މި ގުރޫޕްގައި ޗިލީ އެޓީމް ކުޅުނު ފުރަތަމަ މެޗްގައި އާޖެންޓީނާއާއި ވާދަކޮށް 1 ލަނޑު 1 ލަނޑުން ވަނީ އެއް ވަރުވެފައެވެ. މިމެޗްގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ގޯލެއް ޖެހުމަށް ވަރަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. މެޗްގެ 10ވަނަ މިނެޓްގައި ޗިލީއަށް ލީޑް ނަގައިދިނީ ބެލެކް ބާން ރޯވާޒްއަށް ކުޅެމުން އަންނަ ބެންއެވެ. ޗިލީ އާއި އާޖެންޓީނާ ވާދަކޮށް އެއް ވަރުވި މެޗަކީ ބެން އެންމެ ފުރަތަމަ ޗިލީއަށް ކުޅެދިން މެޗްއެވެ. މީގެ އިތުރުންވެސް ބެންވަނީ ބޮލީވިއާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް ނާކާމިޔާބު ވީއިރު، ބައެއް ހަމަލާތައް ވަނީ ބޮލީވިއާގެ ކީޕަރު ދިފާޢުކޮށްފައެވެ. މިމެޗްގައި ބޮލީވިއާ ކުރިމަތިލީއިރު، އެޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗް ޕެރަގުއޭއާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން ބަލިވެފައެވެ.

ގުރޫޕް އޭގެ އެއްވަނައިގައި އޮތީ ރޭ އުރުގުއޭ ބަލިކުރި އާޖެންޓީނާއެވެ. އާޖެންޓީނާއަށް 4 ޕޮއިންޓް ލިބިފައިވާއިރު ގުރޫޕްގެ ދެވަނާގައިވާ ޗިލީއަށް ވެސް 4 ޕޮއިންޓް ލިބިފައިވެއެވެ. ތިންވަނައިގައި އޮތް ޕެރަގުއޭ އަށް 3 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އުރުގުއޭ އަދި ބޮލީވިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މިމުބާރާތުގެ މެޗްތައް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ މިއަންނަ ހޯމަ ދުވަހުގެ ރޭ ދަންވަރުއެވެ.