ޚަބަރު

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


އަނެއްކާވެސް ރާއްޖެއިން ކޯވިޑް-19ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިރޭ 7:06ގައި ނިޔާވެފައިވަނީ ޢުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއީ ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެކެވެ.

ރާއްޖެއިން ކޯވިޑްގައި ނިޔާވެފައިވާ މީހުންނަށް ބަލާއިރު މާލެ ފިޔަވައި އެންމެ ގިނަ މީހުން މިހާތަނަށް ނިޔާވެފައި ވަނީ ލ.އަތޮޅު ކޯވިޑް ފެސިލިޓީންނެވެ. ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 7 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

މިހާތަނަށް 203 މީހުން ރާއްޖެއިންވަމީ މިބަލީގައި ނިޔާވެފައެވެ.