މުނިފޫހިފިލުވުން

" ފްރީ ގައި " އައު ޓްރެއިލަރއެއް


ޓްވެންޓިއަތް ސެންޗަރީ ސްޓޫޑިއޯގެ އަންނަ ތައްޔާރުވަމުންދާ އައު ފިލްމުގެ ޓްރެއިލަރއެއް އަނެއްކާވެސް ދައްކާލައިފިއެވެ.

ޝޯން ލެވީ ޑައިރެކްޓްކޮށްފައިވާ " ފްރީ ގައި " ގެ ލީޑް ރޯލުން ފެނިގެންދަނީ ރަޔަން ރެނޯލްޑްސްއެވެ. އޭނާއަކީ ފިލްމުގެ އެއް ޕްރޮޑިއުސަރުވެސްމެއެވެ.

މި ފިލްމު ބިނާކޮށްފައިވަނީ ބޭންކެއްގައި މަސައްކަތް ކުރާ ރަޔަންއަށް އެނާއަކީ ވީޑިއޯ ގޭމެއްގެ ބެކްގްރައުންޑްގައި މަސައްކަތްކުރާ މީހެއްކަން އެގޭ ހިސާބުން އޭނާ ސުޕަރ ހީރޯއަކަށްވެ ދުނިޔެ ސަލާމަތްކުރަން ކުރާ މަސައްކަތްތަކެއްގެ މައްޗަށެވެ.

ރަޔަން ރެނޯލްޑްސްގެ އިތުރުން ޖޫދީ ކޮމާރ، ލިލް ރެލް ހޯވަރީގެ އިތުރުން ޖޯ ކީރީވެސް މި ފިލްމުގެ މުހިންމު ރޯލްތަކުން ފެނިގެންދެއެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އޮގަސްޓްމަހުގެ 13 ވަނަދުވަހުއެވެ.