ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ލަދުވެތި ނާކާމިޔާބީއެއް


އިނގިރޭސިވިލާތުގެ ބަކިންހަމުޝަޔާގެ ދެ ދާއިރާއެއްގައި ބޭއްވި ބައި އިލެކްޝަނުގައި އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ކޮންސަވޭޓިވް ޕާޓީއަށް ލަދުވެތި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބަކިންހަމުޝަޔާގެ ޗެސަމާއި އެމަޝަމު ދާއިރާއަކީ 1974ވަނަ އަހަރުން ފެށިގެން ކޮންސަވޭޓިވް ޕާޓީގެ ބާރު ހިނގައި ދެ ދާއިރާއެއްވެ. އެ ގޮތުން އެ ދާއިރާއަށް އަބަދުވެސް އިންތިޚާބުވެފައިވަނީ 50 އިންސައްތައަށްވުރެ ގިނަ ވޯޓާއެކު އެ ޕާޓީގެ ކެންޑިޑޭޓުންނެވެ. ނަމަވެސް އެ ދެ ގޮނޑިވެސް މިހާރުވަނީ ލިބެރަލް ޑިމިކްރެޓިކް ޕާޓީން ކާމިޔާބުކޮށްފައެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް 2016ވަނަ އަހަރުގެ ތެރޭގައި ނެގި ފެންނަ ނުފެންނަ ވޯޓަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. އެ ގޮތުން އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައި ކޮންސަވޭޓިވް ޕާޓީއަށް އޮތް ތާޢީދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮންސަވޭޓިވް ޕާޓީއަށް އެ ދެ ގޮނޑި ގެއްލުނީ އުތުރުގެ ސަރަޙައްދުތަކުގެ ތާޢީދު އިތުރުކުރުމަށް އިސްކަން ދިނުމަށްފަހު ދެކުނުގެ ސަރަޙައްދުތައް ދިފާޢު ކުރުމުގައި ފަރުވާކުޑަ ކުރުމުންނެވެ. ނަމަވެސް ބައި އިލެކްޝަންތަކުގައި ވެރިކަންކުރާ ޕާޓީއަށް ބައެއް ގޮނޑިތައް ގެއްލުމަކީ ޢާންމުކޮށް ހިނގައި ކަމެކެވެ.