ޚަބަރު

އުވެމުންދާ ބައެއް މަސައްކަތްތައްވެސް އެކްސްޕޯގައި ފެންނާނެ


އެކްސްޕޯ ދެހާސްފަނަރައަށް ތަކެތި ތައްޔާރުކުރުމުގައި
ގިނަބަޔަކު އަވަދިނެތި އުޅެމުންދާއިރު، އޭގެ ތެރޭގައި ފެހުމާއި ތިނޯހުގެ ކަވިމަސައްކަތްތަކާ
އަދި ރާއްޖެއިން އުވެމުންދާ ބައެއް މަސައްކަތްތައްކުރުމުގައި ދެމިތިބި
ފަރާތްތައްވެސް ހިމެނެއެވެ.



ފެހުމުގެ މަސައްކަތްތަކާ ތިނޯހުގެ ކަވިމަސައްކަތްތައްވެސް
އެކްސްޕޯ މޯލްޑިވްސް 2015ގައި ދައްކާލުމަށް މިމަސައްކަތްކުރާ ފަރާތްތަކުން އަވަދި
މަސައްކަތްކުރަމުންދާއިރު ލިބާހުގައި އަޅާ ބޯވަޅުގެ ހިރު ގެތުންފަދަ ރާއްޖެއިން
އުވެމުންދާ ބައެއް މަސައްކަތްތައް ކުރާ ބައެއް ފަރާތްތަކުންވެސްދަނީ  އެކްސްޕޯއަށް ވާންޖެހޭ އެންމެފަހުގެ
ތައްޔާރީތައްވަމުންނެވެ.



ރާއްޖެއިން އުވެމުންދާ މިމިފަދަ މަސައްކަތްތައްވެސް
މިފަހަރުގެ އެކްސްޕޯގައި ދައްކާލުމަށް ތައްޔާރުކުރެވެމުންދާއިރު އެކްސްޕޯގައި
ބައިވެރިވުމުގެ ފުރުޞަތުވަނީ ޑިސެމްބަރު އެކަކާ ހަމައަށް ހުޅުވާލާފައެވެ.  މިހާރުވެސް އެކްސްޕޯގައި ބައިވެރިކުރާ ފަރާތްތަކުން
މިމައުރަޒަށް ހުށައަޅާ ތަކެތި ދަރުބާރުގައި ހުންނަ މައުރަޒު އޮފީހަށް
ހުށައަޅަމުންދާކަމަށް އެކްސްޕޯ މޯލްޑިވްސް 2015ގެ އޮފީހުން މައުލޫމާތުދެއެވެ.
އެކްސްޕޯ ދެހާސް ފަނަރައިގެ ޗެއާމަން އަދި އިކޮނޮމިކް ޑިވޮލޮޕްމެންޓް
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބުދުﷲ މުހައްމަދު ވިދާޅުވީ އެކްސްޕޯގައި ތަކެތި
ބައިވެރިކުރާ ފަރާތްތަކަށް މިހާރުވެސް ވަރަށް ލުއިފަސޭހަގޮތްތަކެއް
ހަމަޖައްސަވާފައިވާކަމަށެވެ.



މިފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ ކޮންމެ އުފެއްދުމަކަށްވެސް
ޖާގަދެވޭއިރު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 22ން 28 އަށް
ދަރުބާރުގޭގައެވެ.