ސިޔާސީ

ޓެލެކޮމިއުނިކޭޝަންގެ ބިލް ކޮމިޓީން ފާސްކުރައްވައިފި


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޓެލެކޮމިޔުނިކޭޝަންގެ ބިލް ޤައުމީ ސަލާމަތުގެ ކޮމިޓީން ފާސްކުރައްވައިފިއެެވެ. މިބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކުއެވެ.އަމީތު ވިދާޅުވީ، މިބިލް ހުށައެޅުއްވީ، ޓެލެކޮމިޔުނިކޭޝަންގެ ޚިިދުމަތަކީ ހުރިހާ އެންމެނަށް އެކަށީގެންވާ އިޤްތިޞާދީ ރަނގަޅު އަގެއްގައި ދެވޭ ޚިިދުމަތަކަށް ހެދުމުގެ ބޭނުމުގައިކަމަށެވެ. އަދި އެޚިދުމަތް ދޭންޖެހޭނީ ރަނގަޅު ފެންވަރުގެ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި މުޖްތަމަޢުގެ ބޭނުންތައް ފުއްދައިދޭ ފަދަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.މި ބިލުގައި، ޓެލެކޮމިޔުނިކޭޝަން ދާއިރާގައި ޚާއްސަ ލައިސަންސަކުން ހުއްދަ ލިބިގެން ނޫނީ ނުކުރެވޭނެ ކަންތައް ހިމެނިފައިވާއިރު، ޚިިދުމަތް ދޭ އިރު ހުންނަންޖެހޭ ޝަރުތުތައް ވެސް މިބިލުގައި ބަޔާންކުރައްވާފައިވެއެވެ.އަމީތު ވިދާޅުވި ގޮތުގައި ޓެލެކޮމިޔުނިކޭޝަންގެ ޚިިދުމަތް މޮނޮޕޮލައިޒް ވެގެން ދިޔަ ނުދިނުމަށާއި ވާދަވެރިކަން ނެތިދާ ފަދަ ކަންތަކާއި މާކެޓް ކޮންޓްރޯލް ކުރުމަށް ކޮށްފާނެ ކަންތައް ހުއްޓުވުމަށް ވެސް މި ބިލްގައި މާއްދާތައް ހިމަނުއްވާފައިވާނެކަމަށެވެ.