ކުޅިވަރު

ބުއިން ދުރައްލާނަމަ، ޔޫއެފާއިން ފިޔަވަޅު އަޅަނީ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްޕޮންސަރުން ބަހައްޓާފައި ހުންނަ ބުއިންތައް ބަދަލް ކުރާނަމަ، ޓީމްތައް ޖޫނިމަނާ ކުރާނެކަމުގެ އިންޒާރު ޔޫއެފާއިން ދީފިއެވެ.

ޔޫއެފްއާއި ޓީމްތަކަށް އިންޒާރު ދީފައިވަނީ ދާދި ފަހުން ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކޮކާކޯލާ ފުޅި ދުރަށް ޖެއްސުމާއި، ފްރާންސް ޕޮބްގާ ބިޔަރު ފުޅި ދުރަށް ޖެއްސުމުގެ އިތުރުން، އިޓަލީގެ މެނުއަލް ލޮކަޓީނީ ވެސް ކޯކު ފުޅީގެ ބަދަލްގައި ފެން ފުޅިއެއް ބެހެއްޓުމާ ގުޅިގެންނެވެ. ޔޫއެފާއިން ބުނީ ސްޕޮންސަރުންނަކީ މުބާރާތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ފަރާތްކަމަށާއި އަދި މުޅި ކުޅިވަރު ކުރިއެރުވުމުގައި ސްޕޮންސަރުންނަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ފަރާތެއްކަމަށެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޑިރެކްޓަރ މާތިން ކާލެންބުނީ މުބާރާތުގެ ކުރިންވެސް ކުޅުންތެރިންނަށާއި ޓީމުތަކަށް ނުކުރެވޭނެ ކަންތައްތައް އަންގާފައިވާނެކަމަށާއި ޕްރެސް ކޮންފަރެންސްގައި ބަހައްޓާފައި ހުންނަ ބުއިންތައް ދުރަށް ލުމަކީ ކުޅުންތެރިންގެ ކުރެވޭނެކަމެއް ނޫންކަމަށާއި މިފަދަ ކަންތައްތައް އިތުރަށް ތަކުރާރު ކުރާނަމަ، އެޓީމަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް މާޓިން ބުންޏެވެ. އަދި ކުޅުންތެރިންނަށް ސީދާ ފިޔަވަޅު އެޅުމުގެ ބަދަލުގައި ޔޫއެފްއާއި ވާހަކަދައްކާނީ އެގައުމެއްގެ ފުޓްބޯޅަ ފެޑެރޭޝަނާ ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު 5 ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކޯކު ފުޅި ދުރަށް ޖެއްސުމާއި ގުޅިގެން
ޔޫރަޕްގެ މާކެޓުގައި ކޮކާކޯލާގެ ހިއްސާގެ އަގުވަނީ 56.1 ޑޮލަރުން 55.2 ޑޮލަރަށް ވެއްޓިފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިއީ 4 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކަމަށެވެ.