ސިއްހަތު

ސުޕަރސްޕެޝަލިސްޓުންގެ ކޭމްޕެއް ފުނަދޫގައި ފަށައިފި


ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ޚާއްސަ ކޭމްޕެއް ށ.ފުނަދޫ އަތޮޅުހޮސްޕިޓަލްގައި ފަށައިފިއެވެ. ށ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވާގޮތުގައި މިކޭމްޕުގައި ކަރުންމަތީގެ އަދި ކަށީގެ ޚާއްސަ ޑޮކްޓަރުން ފަރުވާދެއްވާގޮތަށް ހަމަޖެހިފައިވެއެވެ. ދެދުވަހުގެ މުއްދަތަށް ށ.ފުނަދޫ އަތޮޅުހޮސްޕިޓަލްގައި ކުރިއަށް ގެންދާ މިކޭމްޕަށް ބޮޑުތަރުހީބެއް ލިބެމުންދާކަމަށާއި، ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ފުލްވެފައިވާއިރު، ދުވާލަކު 60 މީހުން ކޮންމެ ސްޕެޝަލިސްޓް ޑޮކްޓަރަކުވެސް ބެލުމަށްހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. ށ.ފުނަދޫ އަތޮޅުހޮސްޕިޓަލުގައި ކުރިއަށްގެންދާ މިކޭމްޕަކީ އާސަންދައިގެ އެހީގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.