މުނިފޫހިފިލުވުން

އަމީތާބާއި ނީނާ "ގުޑްބާއީ" ޝޫޓިންތަކަށް


ވިކާސް ބާލް ޑައިރެކްޓްކުރާ ފިލްމު "ގުޑްބާއީގެ" ޝޫޓިންތައް އަލުން ފަށައިފިއެވެ. ބޮލީވުޑް ސުޕަރ ސްޓާރ އަމީތާބު ބަޗަން އަދި "ބަދާއީ" ހޯ ގެ ތަރި ނީނާ ގުޕްތާ ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިންތައް ފަށާފައިވާކަމަށްބުނެ މި ދެ ތަރިންވެސް ވަނީ ޝޫޓިންގެ ފޮޓޯ އިންސްޓަގްރާމްގައި ޢާންމުކޮށްފައެވެ.

ފިލްމުގެ ޝޫޓިންތައް ފަށާފައިމިވަނީ ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ޝޫޓިންތައް ކުރިއަށްގެންދިއުން މަހާރަޝްތުރާ ސަރުކާރުން ހުއްދަ ދިންތާ ގާތްގަޑަކަށް ހަފްތާއެއް ފަހުން އިއްޔެއެވެ.

ބާލާޖީ ޓެލެފިލްމުސް އިން ޕްރޮޑިއުސްކުރާ "ގުޑްބާއީ" ގެ ޝޫޓިންތައް އަލުން ފަށާފައިމިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޝޫޓިންތައް ހުއްޓާލާފައި އޮތުމަށްފަހުއެވެ. އަމީތާބު އަދި ނީނާގެ އިތުރުން ދެކުނު ފިލްމީ ތަރި ރަޝްމިކާ މަންޑާނާވެސް މި ފިލްމުން ފެނިގެންދާނެއެވެ.