މުނިފޫހިފިލުވުން

"ބެލް ބޮޓަމް" އަކްޝޭ ކުޅެދެނީ 117 ކްރޯޑަށް


މިދިޔަ އަހަރު ސްކޮޓްލޭންޑުގައި ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވާ ސްޕައި ތްރިލަރ ފިލްމު "'ބެލް ބޮޓަމް" ކުޅެދޭ އަގަކީ 30 ކްރޯޑް ކަމަށް ބުނާ ވާހަކަތައް އަކްޝޭ ދޮގުކޮށްފިއެވެ. އަގު ދޮގުކުރި ނަމަވެސް ފިލްމު ކުޅެދޭ އަގެއް އޭނާ ނުބުނެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފިލްމު ޕްރޮޑިއުސަރ ވަޝޫ ބާގްނާނީ ވަނީ އަގު ކުޑަކޮށްދިނުމަށް އަކްޝޭ ކައިރީ އެދިފައެވެ. މި ފިލްމަށް އަކްޝޭ ފުރަތަމަ ކީ އަގަކީ 135 ކްރޯޑް ރުޕީސްއެވެ. އެހެންމަވެސް ޕްރޮޑިއުސަރުގެ އެދުމަށް 117 ކްރޯޑަށް އަގު ތިރިކުރުކަމަށްވެއެވެ. މި ވާހަކަތައް މމި ފިލްމުގެ ޓީމުން ދޮގުކުރެއެވެ.

އަކްޝޭއާއެކު ފިލްމުގެ ލީޑް ބަޠަލާގެ ރޯލުން ވާނީ ކާޕޫރު ފެނިގެންދާ މި ފިލްމުގައި ވާނީގެ އިތުރުން ލާރާ ދައްތާ އަދި ހުމާ ގުރައިޝީވެސް ފެނިގެންދާނެއެވެ. ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގައި ފެނިގެންދާނީ 1980 ގެ އަހަރުތަކުގައި އުޅުނު މަޝްހޫރު ބައެއްގެ ވާހަކަތަކެވެ. މި ފިލްމުގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ސޮކްޓްލޭންޑްގައެވެ.

"ބެލް ބޮޓަމް" އަކީ މިދިޔަ އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމު "ބެލް ބޮޓަމް"ގެ ހިންދީ ރީމޭކްއެކެވެ. ކަންނާޑާ ފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ޚާއްސަކޮށް އެ ފިލްމުގައި 80ގެ އަހަރުތައް ގެނެސްދީފައިވާލެއް ފުރިހަމަކަމުން ގިނަ ބަޔަކުވަނީ އެ ފިލްމަށް ތައުރީފުކޮށްފައެވެ. މި ފިލްމަކީ ޕީރިއަޑް ގޭންގްސްޓަރ ޑްރާމާ ފިލްމެކެވެ. ޖެކީ ބަގާނީ ޕްރޮޑިއުސްކުރާ މި ފިލްމަކީ ވާނީ ކަޕޫރާއި އަކްޝޭ ކުމާރު ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފަހަރަށެވެ.