ސިއްހަތު

ސިއްޙީ ދާއިރާއަށް ކޮމްޕިއުޓަރާއި ޕްރިންޓަރު ހޯދަން ހަވާލުކޮށްފި


ރާއްޖޭގެ ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ކޮމްޕިއުޓަރާއި ޕްރިންޓަރު ގަތުމަށް ދެކުންފުންޏަކާއި ހަވާލުކޮށްފިއެވެ.އެގޮތުން 384 ކޮމްޕިއުޓަރ ހޯދުމަށް ހަވާލުކޮށްފައިވަނީ ކްލިކް ކޮމްޕިއުޓާރސްއަށެވެ. އަދި 393 ޕްރިންޓަރ ހޯދުމަށް ހަވާލުކޮށްފައިވަނީ ކޮޕިއަރ ޕްލަސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރަނގަޅު އިންފޮރމޭޝަން ސިސްޓަރމެއް ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޤާއިމުކުރުމްކުރުމުގެ މަސައްކަތް އަތޮޅު ތެރޭގައި ކުރަމުންގެންދާކަމަށެވެ. މި ކޮމްޕިއުޓަރ ސިސްޓަރމްތައް އަންނަ ޖެނުއަރީ މަހުގެ 15 ވަނަދުވަހުގެ ކުރިން ރަށްރަށާ،  ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތައް މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ތިން ހެލްތް ސެންޓަރެއް މަރާމާތު ކުރުމުގެ އެއްބަސްވުމެއްގައިވެސް މިއަދު ސޮއިކޮށްފައިވެއެވެ.  ހެލްތް ސެންޓަރ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވާ ތިން ރަށަކީ އއ ރަސްދޫ އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރުމާއި ބ ގޮއިދޫ ސިއްޙީ މަރުކަޒު މަރާމާތު ކުރުމުގެ އިތުރުން ލ ހިތަދޫ ސިއްހީ މަރުކަޒުގައި ކުރަން ހުރި މަސައްކަތް ކުރުން ހިމެނެއެވެ.މި ތިން ޕްރޮޖެކްޓްގެ މަސައްކަތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ހެލްތް މިނިސްޓްރީގައި ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ.