ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރަނީ


ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އެދިލެއްވުމުގެ މަތިން އޭނާ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ޖޭ.އެސް.ސީން ނިންމަވައިފިއެވެ.

ޤާޟީ ސަމީރުގެ އެދިލެއްވުމާ ގުޅިގެން، ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރު ޑްރަގް ކޯޓަށް ބަދަލުކުރުމަށް 2021 ޖޫން 6 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭއްވި 45 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޖޭ.އެސް.ސީން މިގޮތަށް ނިންމާފައިވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތްކުރަމުން އައި ކޯޓު އެ ދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން ޤާޟީގެ އެދިލެއްވުމުގެ މަތިންނެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައިވާއިރު ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ޖޭއެސްސީން މިދިޔަ އޭފްރީލްމަހުވަނީ ހާމަކުރައްވާފައެވެ. ޖޭއެސްސީން އޭރު ބަލަން ފަށާފައިވަނީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، އަލްއުސްތާޛު މުޙައްމަދު ސަމީރު ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެެއް ކަމަށް ޖޭއެސްސީން އޭރުވަނީ ހާމަކުރައްވާފައެވެ.