ޚަބަރު

އޮޅުވައިލައިގެން 60،000އަށްވުރެ ގިނަ ރުފިޔާ ހޯދި މީހާ ހައްޔަރުކޮށްފި

ބީއެމްއެލްގެ ނަމުގައި އޮޅުވައިލައިގެން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބީއެމްއެލްގެ ނަމުގައި މަކަރާއި ހީލަތުން 60،000އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 9ވަނަ ދުވަހުގައެވެ. ފުލުހުން ވިދާޅުވީ އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ބޭންކުގެ ނަމުގައި ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އަދި ބޭންކްއަކުން އެއްވެސް ކަމެއްގައި ތިމާގެ ކޭޝް ކާޑުގެ މަޢުލޫމާތު ހޯދުމަށް ނުގުޅާނެއެވެ.