ޚަބަރު

މއ.މޯނިންގވިއު ގޭގެ އަލިފާނުގެ ހާދިސާ: އެހީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ


މއ.މޯނިންގވިއު ގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމަށް އެހީގެ ގޮތުގައި 1،279،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ.

މޯނިންގވިއު ގޭގައި ހިނގި މިއަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލް އެސެސްމަންޓާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކްރީ ވިދާޅުވީ ހާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާ ހަމައަށް 34 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި، މީގެ ތެރެއިން މިވަގުތު ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ 14 ފަރާތެއް ކަމަށެވެ. މިފަރާތްކަށް ފުރަތަމަ 21 ދުވަހަށް ވަގުތީ ހިޔާ ހަމަޖައްސާދީފައިވަނީ މާލޭގެ ގެސްޓް ހައުސްތަކުންނެވެ. އޭނާ ވިދާޅުވީ މިހާދިސާ ހިނގި ދުވަހުން ފެށިގެން ފުރަތަމަ 21 ދުވަސް ކަމަށްވާ މިމަހުގެ 16 ވަނަ ދުވަހުގެ ނިއަލަށް ވަގުތީ ހިޔާ ހަމަޖައްސާ ދިނުމަށް 1،55،000 ރުފިޔާ ޚަރަދު ކުރެވޭނެ ކަމަށެވެ. އަދި މިއާއިލާތަކަށް މިމުއްދަތަށް ޒަރޫރީ ކެއިންބުއިން ހަމަޖައްސާ ދިނުމަށް ފައިސާގެ ގޮތުގައި 1،41،000ރުފިޔާ ހަމަޖައްސާދީފައިވެއެވެ. އަދި ހާދިސާ ހިނގި ދުވަހު ޒަރޫރީ އަންނައުނު ހޯދުމަށް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 46،000 ރުފިޔާ ފައިސާގެ ގޮތުގައި އާއިލާތަކަށް ހަމަޖައްސާ ދީފައިވާ ކަމަށް އުމަރު ފިކްރީ ވިދާޅުވިއެވެ. އެހެންކަމުން ވަގުތީ ހިޔާ ހަމަޖެއްސުމަށާއި ރިލީފް އެހީގެ ފޯރުކޮށްދިނުމަށް މިހާތަނަށް ޖުމުލަ 3،42000 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން 8 ގޭބިސީއެއްގެ އެސެސްމަންޓް ހަދާފައިވާ ކަމަށާއި، އެގޮތުން މިއެސެސްމަންޓްގައި ގޭބިސީތަކުގެ ސްޓްރަކްޗަރލްއަށް ލިބުނު ގެއްލުމާއި، ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުން ބަލާ އެސެސްކޮށްފައިވެއެވެ. އެގޮތުން ސްޓްރަކްޗަރަލްއަށް ލިބުނު ގެއްލުންތަކަށް 658،408.80 ރުފިޔާ އަދި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 46،685 ރުފިޔާ އާއެކު ޖުމްލަ 705،093.80 ރުފިޔާ ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އުމަރު ފިކުރީ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ސަރުކާރުން މިދެނީ ބަދަލަށް ބަދަލެއް ނޫން ކަމަށާއި، މިއީ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.

އާއްމު ހާލަތަށް ރުޖޫޢަވުމަށް މައިގަނޑު 2 ކެޓަގަރީއަކުން އެހީތެރިވެދޭ ކަމަށާއި، އެގޮތުން ކުއްޔަށް ދިރިއުޅުނު އާއިލާ އަލުން ތަނެއް ކުއްޔަށް ހިފައިގެން ދިއުމަށް ދޭ އެހީގެ ގޮތުގައި މިހާދިސާގައި 2 އާއިލާއަކަށް 92،300 ރުފިޔާ ހަމަޖައްސާދީފައިވެއެވެ. އަދި ގޭގަ ދިރިއުޅޭ ފަރާތްތަކަށް ގެ މަރާމާތުކުރުމަށް ދާ މުއްދަތަށް 2 އާއިލާއަކަށް 232،300 ރުފިޔާއާއެކު ބޯހިޔާވަހިކަން ހަމަޖައްސާ ދިނުމަށް ޖުމްލަ 232،300 ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެހެންކަމުން މޯނިންގވިއު ގޭގައި ހިނގި މިއަލިފާނުގެ ހާދިސާގެ މުޅި އޮޕަރޭޝަނަށް ރިލީފް އެހީގެ ގޮތުގައި 1،279،393.80 ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މއ.މޯނިންގވިއުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މެއިމަހުގެ 27ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ާއެނދި މީހާ

އަހަރެން އުޅުނު ރޯހައުސް އަދާ އަޅިއަށް ވެގެން ގޮސްފައިވަނީ 2013 ވަނަ އަހަރު. އަދި އަދަށް ދާންދެންވެސް އެއްވެސް ބަދަލެއް ނުލިބޭ. މިކަން ސާފްކުރަން ޑިޒާސްޓާއަށް ދާކޮން މެފަހަރަކު މާދަ މާ މާދަ މާ ކިޔާތާ 8 އަހަރު