ޚަބަރު

"ތައްޔާރުވެތިބެމާ ރައްކާތެރިވަމާ" ފޮޓޯ މައުރަޒު ހުޅުވައިފި


ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިންތިޒާމްކޮށްގެން ފޮޓޯ މައުރަޒެއް ހުޅުވައިފިއެވެ."ތައްޔާރުވެތިބެމާ ރައްކާތެރިވަމާ" ގެ ނަމުގައި ނޭޝަންލް އާރޓް ގެލަރީގައި ދެދުވަހަށް ކުރިއަށްދާ ފޮޓޯ މައުރަޒު ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އިން ބުނީ މިއަދު ހުޅުވުނު ފޮޓޯ މައުރަޒުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ކާރިސާގެ ކަންކަން މިހާތަނަށް ބަލަހައްޓަމުން އައިގޮތް އާއްމު ރައްޔިތުންނަށް އަންގައިދިނުން ކަމަށެވެ.މައުރަޒުގައި ދައްކާލުމަށްޓަކައި ބަހައްޓާފައިހުރި ބައިތަކަށް ބަލާއިރު ކާރިސީ ގެއްލުންތަކާއި، އިޖާބަދިނުމާއި އިޔާދަވުން، ތައްޔާރުކަން އަދި ގެއްލުން ކުޑަކުރުމުގެ އިތުރުން ނާޒުކުކަން ފެނިގެންދާ 300 ފޮޓޯ ފެންނަން ހުންނާނެ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން މަޢުލޫމާތުދެއެވެ.