މުނިފޫހިފިލުވުން

އެތައް މައްސަލަތަކަށްފަހު ރިއާ ޗަކުރުބަތީ އައު ފިލްމަކުން


2018 ވަނައަހަރު ދެއްކި ރޮމޭންޓިކް ޑްރާމާ ފިލްމު "ޖަލޭބީ" އިން ގިނަ ބައެއްގެ ލޮލުގައި އަޅައިގެން ތަރި ރިއާ ޗަކުރުބަތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރޫމީ ޖެފަރީގެ މިސްޓްރީ ތްރިލަރ "ޗެހެރާ" އިންނެވެ. ރިއާގެ އިތުރުން އަމީތާބް ބަޗަން، އިމްރާން ހާޝްމީ، އަނޫ ކަޕޫރު އަދި ކްރިސްޓަލް ޑިސޫޒާވެސް މި ފިލްމުން ފެނިގެންދާނެއެވެ. ޗެހެރާއަކީ ގިނަބަޔަކު އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ފިލްމުކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ފިލްމު ރިލީޒް ވާނެ ދުވަހަކަށް ރިއާވެސް އިންތިޒާރު ކުރަމުންދާއިރު ސާންސްކްރިޓް އެޕިކް އެއްކަމަށްވާ "މަހާބާރާތް" ގެ މައްޗަށް ހަދާ ފިލްމެއްގެ މަސައްކަތް ރިއާއަށް ހުށަހަޅާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

މި ޕްރޮޖެކްޓަކީ ބޮޑު އަދި މަހާބާރާތުގެ ތަފާތު ސްޓައިލެއްވެސް ފެންނާނެ ފިލްމެއްކަމަށް ވެއެވެ. މި ފިމުގެ މަސައްކަތާއި ގުޅިގެން މިހާތަނަށް ހަމައެކަނި މަޝްވަރާކުރީ ރިއާ އެކަނިކަމަށްވެއެވެ.

ރިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސުސާންތްގެ މަރާއި ގުޅިގެން ރިއާގެ މައްޗަށް ވަނީ ގިނަ ތުހުމަތުަކެއް ކުރެވިފައެވެ. ސުޝާންތަ އާއިލާއިން މިހާތަނަށްވެސް ތުހުމަތުކުރަމުން އަންނަނީ އެނާ މަރާލީ ރިއާކަމަށެވެ.

2012 ވަނަ އަހަރު ދެއްކި ތެލުގޫ ފިލްމު "ތުނީގާ ތުނީގާ" އިން ފިލްމީ ކެރިއަރު ފެށި ރިއާ ވަނީ ބައެއް ހިންދީ ފިލްމުތަކުގައިވެސް މަސައްކަތް ކޮށްފައެވެ. "ބޭންކް ޗޯރު" "ހާފް ގާރލްފްރެންޑް" އަދި "ޑޭޑް ކީ މަރޫތީ" އިންވެސް ރިއާވަނީ ފެނިގެންގޮސްފައެވެ.