ޚަބަރު

ޒިޔަތުގެ ބަންދުގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮށްދެއްވައިފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހްޤީޤަށް ހައްޔަރުކޮށްފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ. ޒިޔަތުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކުރިން ކޯޓުން ދެ ފަހަރެއްގެ މަތިން އިތުރުކުރި 30 ދުވަސް ހަމަވުމުން، އަލުން މުއްދަތު އިތުރުކޮށްދެއްވުމަށް ފުލުހުން އެދުމުންނެވެ.ޒިޔަތުގެ ބަންދަށް ކުރިން 15 ދުވަސް ޖަހާދިން މައްސަލަ އޭނާ ހައިކޯޓްގައި އިސްތިއުނާފްކުރިނަމަވެސް ހައިކޯޓުން ވަނީ ދަށު ކޯޓްގެ ނިންމެވުމަށް ތާޢީދުކުރައްވާފައެވެ.އެމް.އެމް.ޕީ.އާރް.ސީންނާއި ޒިޔަތުގެ އެޕާރޓްމެންޓުން ފުލުހުންގެ ތަޙްގީގަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.