ކުޅިވަރު

24 ގަޑިއިރުން ސިފައިންނަށް މޮޅަކާއި ބައްޔެއް


މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބް ރޭ ކުޅުނު މެޗުން މޮޅުވެ، މިއަދު ހަވީރު ބަލިވެއްޖެއެވެ. ސިފައިންގެ ދެވަނަ މެޗު ރޭ ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ ސެޓްތައް ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ25-19، 25-16 އަދި 26-14 ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީވެސް ސިފައިންގެ ފުރަތަމަ މެޗުގެވެސް މޮޅު ކުޅުންތެރިޔާ އަހުމަދު އަބުދުލް ކަރީމްއެވެ. ދެ މެޗުން މޮޅުވެފައިވަނިކޮށް މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބް ވާދަވެރި ޕޮލިސް ކްލަބް އަތުން ބަލިވީ ތިން ސެޓް ދެ ސެޓުންނެވެ. ފުރަތަމަ ދެ ސެޓް 20-25، 17-15 ން ސިފައިންގެ ގެންގޮސްފައިވަނިކޮށް، ޕޮލިސް މެޗު ކާމިޔާބުކުރީ ޖެހިގެން އައި ތިން ސެޓް ކާމިޔާބުކޮށްގެންނެވެ. އެއީ 25-19، 25-22 އަދި 15-8 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ މުޙައްމަދު ޝާއިންނެވެ.