ޚަބަރު

ހަނިމާދޫ ފަޅުތެރޭގައި ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފި


ހަނިމާދޫ ފަޅުތެރޭގައި ހިނގި ލޯންޗް އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 3 މީހަކު އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.މިރޭ އިރުއޮއްސި ހަގަޑި ފަހެއް އެހާއިރު ހިނގި މި އެކްސިޑެންޓްގައި 6 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.މިހާދިސާގައި ސީރިއަސް އަނިޔާވި މީހުންނަށް ލިބުނު އަނިޔާ ތަކުގެ ތެރޭގައި ބައެއް މީހުންގެ ކޮނޑުހުޅު ނައްޓައިގެން ދިއުމާއި، އެކިވަރުގެ ޒަޙަމްތައް ލިބިފައިވާކަމަށް ހަނިމާދޫ ސިއްޚީ މަރުކަޒާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއްވައެވެ.މިހާދިސާގައި އަނިޔާ ލިބުނު އިތުރު މީހުންނަށް ހަނިމާދޫ ޞިއްޙީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.މިހާދިސާ ހިނގާފައި ވަނީ ހަނިމާދޫން ފުރާއިގެން ކުޅުދުއްޓަށް ނައްޓާލަން އުޅުނު ކުޅުދުއްފުށީ ލޯންޗަކާއި ހަނިމާދޫ ނެރުން ވަންނަން އުޅުނު ހިރިމަރަދޫ ލޯންޗާކާއި ޖެހި ކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވެއެވެ.މިހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވެ ދެ ލޯންޗްވެސް ވަނީ އަޑިއަށް ގޮސްފައެވެ.