ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ


ކޯވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމައިފިއެވެ.

މި ޕްރެސްކޮންފަރެންސް އޮންނާނީ މިއަދު ހަވީރު 16:30ގައެވެ.

މި ޕްރެސްކޮންފަރެންސްގައި ކޯވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް ދެއްވާނެކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުވެސް ކޯވިޑް ކޮންޓްރޯލްކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.