ތަޢުލީމު

ޕްރިންސިޕަލުންގެ އަތްމަތީ ފޮތެއް އެކުލަވާލަނީ




ޕްރިންސިޕަލުންގެ އަތްމަތީ
ފޮތެއް އެކުލަވާލުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

މިކަމަށްޓަކައި
އެމިނިސްޓްރީން މިއަދު ވަނީ ފުރަތަމަ ބައްދަލުވުން ބާއްވަވާފައެވެ. މަޖީދިއްޔާ ސްކޫލްގެ
މީޓިން ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި، އަތޮޅު ތެރެއިންނާއި މާލޭގެ
ސްކޫލްތަކުން 10 ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ސެކްޝަންތަކުގެ
އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް
ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލުތަކުގައި
ދަރިވަރުންނަށް ފޯރުވައިދޭ ތައުލީމުގެ ފެންވަރު މަތިކުރުމުގެ ގޮތުން ޕްރިންސިޕަލުންނަށްޓަކައި
އެކުލަވާލެވޭ މިފަދަ އަތްމަތީ ފޮތުގެ މަންފާ ހުރިހާ ސްކޫލްތަކަށާއި ދަރިވަރުންނަށް
ކުރާނެ ކަމަށެވެ. އަދި މިފޮތާއެކު ސްކޫލްތަކުގައި ޕްރިންސިޕަލުންގެ ދައުރު
ހަރުދަނާކޮށް ހިންގުމުގައި އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.





އެޑިއުކޭޝަން މިނިސްޓްރީން ވިދާޅޫވީ، އެމިނިސްޓްރީގެ
އަމާޒަކީ މި ފޮތް އެކުލަވާލުމުގެ މަސައްކަތް ނިމި އަންނަ އަހަރު ސްކޫލްތައް
ހުޅުވެންވާއިރަށް ފޮތުގެ ކޮޕީތައް ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި ހަވާލުކުރެއްވުން ކަމަށެވެ.