ވިޔަފާރި

ބަންގްލަދޭޝްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ބަންގްލަދޭޝްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ގުޅޭގޮތުން ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަން އޮފް ބަންގްލަދޭޝްއާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގޮސްފައިވަނީ ޓުއަރ އޮޕަރޭޓަރސް އެސޯސިއޭޝަން އޮފް ބަންގްލަދޭޝްގެ ރައީސް އެމްޑީ. ރަފީއުއްޒަމާންއާއެކު ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިރުޒިމަތު ސަމީރު ބޭއްވި ބައްދަލުވުމުގައެވެ.

ބައްދަލުވުމުގައި ދެޤައުމު ދެމެދު ފަތުރުވެރިކަން ޕްރޮމޯޓްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ބަންގްލަދޭޝްއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުތެރޭ ބަންގްލަދޭޝްއިން ރާއްޖެއަށް 3918 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 7.5 އިންސައްތަ އިތުރު އަދަދެކެވެ.