ވިޔަފާރި

ބައެއް ރިސޯޓްތަކުން މިދިޔަމަހު ސަރވިސް ޗާޖުގެ ގޮތުގައި 20000ރ


މިދިޔަމަހު ރާއްޖޭގެ 3 ރިސޯޓަކުން ސަރވިސް ޗާޖުގެ ގޮތުގައި 20000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދީފިއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަމަހު އެންމެ ބޮޑު އެއްޗެއް ސަރވިސް ޗާޖްގެ ގޮތުގައި ދީފައިވަނީ، ވެލާ ޕްރައިވެޓް އައިލެންޑް، ވޯލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު އަދި ޝެވަލް ބްލޯންކް ރަންދެލި ރިސޯޓުންނެވެ.

ވެލާ ޕްރައިވެޓް އައިލެންޑުުން ސަރވިސް ޗާޖުގެގޮތުގައި ކޮންމެ މުވައްޒަފަކަށް 1660 ޑޮލަރު ނުވަތަ 25597 ރުފިޔާ ވަނީ ދީފައެވެ. ވޯލްޑޯފް އެސްޓޯރިއާ އިތާފުށިން ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 1486 ޑޮލަރު ނުވަތަ 22914 ރުފިޔާއެވެ. ދެން އެންމެ ބޮޑުކޮށް ސަރވިސް ޗާޖު ދީފައިވަނީ ޝެވަލް ބްލޯންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން ހުސްވި މަހު ސަރވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ 1380 ޑޮލަރު ނުވަތަ 21279 ރުފިޔާއެވެ.

އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ މި ރިސޯޓްތަކަކަކީ އަބަދުވެސް ރަނގަޅު ސަރވިސް ޗާޖެއް ބަހާ ރިސޯޓްތަކެކެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިސޯޓް ވޯކާސްއިން ނެރޭ މި މައުލޫމާތުތަކުން ދައްކާގޮތުން މިދިޔަމަހު 7 ރިސޯޓްތަކުން ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާ 1000 ޑޮލަރަށް ވުރެ ދަށް އަދަދުތަކެކެވެ.

އެގޮތުން ޖޯއާލި މޯލްޑިވްސް، ދަ ނޮޓިލަސް މޯލްޑިވްސް އަދި ވަން އެންޑް އޮންލީ ރީތި ރަށް އަދި ސެއިންޓް ރެޖިސް މޯލްޑިވްސްއިން ވަނީ 1000 ޑޮލަރަށްވުރެ ބޮޑު އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ބަހާފައެވެ.

ބައެއް ރިސޯޓްތަކުން ސަރވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބެހި ނަމަވެސް، މިދިޔަ މަހު ރާއްޖޭގެ ބައެއް ރިސޯޓްތަކުން 200 ޑޮލަރަށްވުރެ ދަށް އަދަދެއް ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ހަޖަމް

ދި ވެހި މެނޭޖްމަންޓްގެ އެއް ވެސް ރިސޯޓަކުން ސާރ ވިސް ޗާރޖް ނުދޭ ވާހަކަ ވެސް ލިޔެލިނަމަ